އެގާރަ ރަށެއްގެ މަގު ހެދުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފި އެވެ
ކޮންސްޓްރަކްޝަންސް މިނިސްޓްރީން އާރުޑީސީއާ އެކު މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިއަދު އެކަމަށްޓަކައި އެ މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ
އާރުޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނާޒިމް އެވެ
އެހެންކަމުން މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާ ރަށްރަށަކީ
ހއ. ތުރާކުނު
ހދ. ނޮޅިވަރަމްފަރު
ހދ. ފިނޭ
ށ. މަރޮށި
ނ. މާފަރު
ބ. ތުޅާދޫ
ބ. ކުޑަރިކިލު
މ. މުލި
ތ. ގުރައިދޫ
ތ. ހިރިލަންދޫ
ތ. ކިނބިދޫ
މި މަޝްރޫއަށް ޖުމޮލަ 842 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
4
+1
1
+1
+1
+1