އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމް ކޮށްފައިވާ “ސުންދަރަލިންގަމް ކޫޑަލިންގަމް” އަކީ ދިވެއްސެއް ނޫން ކަމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ބުނެފިއެވެ
އިމިގްރޭޝަނުން މިފަދައިން ބުނެފައިވަނީ ދިވެއްސެއް ކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުން އަންނާތީ އެކަން ސާފުކޮށްދިނުމަށް ނެރުނު ނޫސްބަޔާނެއްގައެވެ
އިމިގްރޭޝަނުން ބުނީ އިނގިރޭސިވިލާތުގައި ހިނގި ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ ކަމަށް ބުނާ “ސުންދަރަލިންގަމް ކޫޑަލިންގަމް” އަކީ ދިވެހި ސަރުކާރުގެ ކަމާ ގުޅުން ހުރި އެއްވެސް އިދާރާއެއްގައި ދިވެހި ރައްޔިތެއްގެ ގޮތުގައި ރެކޮޑު ކުރެވިފައިވާ ފަރާތެއް ނޫން ކަމަށެވެ
އިނގިރޭސިވިލާތުގެ ކޯޓަކުން އެމީހާ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ މަޝްހޫރު ބަތަލާއަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ
މިފަދަ މައްސަލަތަކުގައި ސައްހަ ނޫން މައުލޫމާތު ނުވަތަ ފަރުވާލެއްނެތި ކަމެއް އޮޅިގެން ހިނގައިދާނެ ފަދަ މައުލޫމާތު ނުފެތުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ