ހަތަރު މީހުންނާ އެކު ހދ. ކުމުންދޫ ކައިރިން ބަނޑުން ޖަހާލި ލޯންޗަކުން ކަނޑުވެ، ހާލު ދެރަވި ދެ މީހަކު އެމްއެންޑީއެފްކޯ ސްޓްގާޑުން ކުޅުދުފުއްޓަށް ގެންގޮސްފި އެވެ.
އެމްއެންޑީއެފް އިން ބުނީ ހދ. ކުމުންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލައި ކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސޮކޮޑްރަން އަށް ލިބުނީ މިއަދު ހެދުނު 8:45 ހާއިރު ކަމަށެވެ. އަދި މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑް ހާބަކްރާފްޓް ލޯންޗު އެ ސަރަހައްދަށް ގޮސް ކަނޑުވެފައި ތިބި ހަތަރު މީހުން ސަލާމަތްކުރި ކަަމަށާއި އޭގެ ތެރެއިން ދެ މީހެއްގެ ހާލު ދެރަވުމާއި ގުޅިގެން ކުޅުދުފުއްޓަށް ގެންގޮސްދީފައިވާ ކަމަށް ބުންޏެވެ
އެ ދެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
3
+1
+1
+1
+1