ޖުމްލަ 73 ގޮނޑި ސަރުކާރަށް ވަނީ ކާމިޔާބު ވެފައެވެ.
މީގެ އިތުރުން އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ 12 ގޮނޑި ކާމިޔާބި ކަމަށް ދައްކާއިރު، އެމްޑީއޭއަށް ދެ ގޮނޑި ކާމިޔާބުވި ކަމަށް ދައްކައެވެ. އަދި އެމްއެންޕީއަށް އެއް ގޮނޑި އަދި ޖުމްހޫރީ ޕާޓީ(ޖޭޕީ)އަށް އެއް ގޮނޑި ކާމިޔާބުވި ކަމަށް ދައްްކައެވެ.
މިހާތަނަށް ލިބިފައި ހުރި ނަތީޖާތައް ދައްކާގޮތުން ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުމުގެ ފުރުސަތެއް ނެތެވެ.
ޕީއެންސީ އަށް ލިބުނު މެޖޯރިޓީއާ އެކުގައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ފުރިހަމަ ބާރު ލިބޭނެއެވެ. އަދި މުހިންމު ގާނޫނުތައް މަޖިލިހުގައި ފާސް ކުރުން ވެސް ވާނީ ވަރަށް ފަސޭހަ ކަމަކަށެވެ.
މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ރައްޔިތުންގެ މަޖިލިހުގެ ތެރެއިން އެއް ސިޔާސީ ޕާޓީއަކަށް މިހާ ބޮޑު މެޖޯރިޓީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1