ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އީގްތިސާދު ކުރިއެރުވުމަށް ކަމަށް ބުނެ އެމްޑީޕީން ކުރި މަސައްކަތްތައް ހުރީ ހުރި ގޮތަށް ކަމަށާއި އޭގެ ބަދަލުގައި ބޮޑުވެގެންދިޔައީ އިންތިހާއަށް ދަރަނި ކަމަށެވެ.
އޭރު ސަރުކާރުން ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން އަނެއްކާ ވެސް ރާއްޖެ ޖެހުނީ ދަރަނީގެ ދަންތުރައެއްގައި ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ދަރަނި ދެއްކުމަށް ހޭދަވި ކަމަށް ވިދާޅުވިއެވެ.
“ސުކޫކް ބޮންޑް ވިއްކަން ފެށީ، ދަރަނި ދައްކަން ވެގެން އަނެއްކާ ދަރަންޏަށް ފައިސާ މި ނެގީ، ދަރަނީގެ ދަންތުރައިން ދިވެހިން އެއްގޮތަކަށް ވެސް ސަލާމަތްވާ ގޮތް ނުވީ. މިއަދު އުފެއްދުންތެރިކަމުގެ 120 ޕަސަންޓް ހުރީ ދަރަނީގެ މިންވަރުގައި. ދިވެހިންގެ ކަންކަމަށް ހުރި ފައިސާ މަދުވެއްޖެ، ދަރަނި އަލުން އަނބުރާ އެކުލަވާނުލެވި ދިވެހިންނަށް ތަނަވެސް ދިރިއުޅުމެއް ނެތް” ނަޝީދު ވިދާޅުވިއެވެ.
ގައުމުތައް ބަނގުރޫޓުވުމުން ބޯހިޔާވަހިކަމުގެ ވާހަކައާއި, އިޖުތިމާއީ ރައްކާތެރިކަމުގެ ވާހަކަ ވަރަށް ބޮޑަށް “ސޮއްސައިލައިގެން ދާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.