އެމްޑީޕީން “މިސްރާބު ހަމަމަަގަށް” ނަމުގައި ކުރިއަށްގެންދިޔަ މަޖިލިސް އިންތިޚާބު ނިންމައިލުމަށްފަހު މިއަދު ހަވީރު އެ ޕާޓީން ބޭއްވި ހިނގަައިލުމުގައި ބައިވެރިވެފައިވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. ސޯޝަލް ސެންޓަރުން ފެށި ހިނގައިލުން ނިންމައިލީ އާޓިފިޝަލް ބީޗަށެވެ.
އެމްޑީޕީއަކީ މާލޭގައި އަބަދުވެސް ތާއީދު ބޮޑު ޕާޓީއެއް ނަމަވެސް ފާއިތުވި އެމްޑީޕީ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން 2021 ވަނަ އަހަރުގައި ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައިވެސް އެމްޑީޕީއަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެ އެއިރުގެ އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް މާލެ ސިޓީ ކައުންސިލުގެ އަޣުލަބިއްޔަތު ކާމިޔާބުވިއެވެ،.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ފެށިގެން ހުރިހާ ރިޔާސީ އިންތިޚާބެއްގައިވެސް މާލޭގެ އަޣުލަބިއްޔަަތު އެމްޑީޕީން ކާމިޔާބުކުރި ނަމަވެސް ފާއިތުވި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީއަށް މާލެއިން އަޣުލަބިއްޔަތު ނުލިބުނެވެ.
އެމްޑީޕީއަކީ އަބަދުވެސް މަގުމަތީ ހަރަކާތްތަކަށް ފަރިތަ ގިނަ ބަޔަކު ހަރަކާތްތަކަށް ނެރޭ ޕާޓީއެއް ނަމަވެސް ފަހަކަށް އައިސް އެ ޕާޓީން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ އަދަދު ވަރަށް މަދުވެފައިވެއެވެ.
އެގޮތުން ނިމުނު ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް އެންމެ ގިނައިން ވޯޓު ލިބުނު އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެ ޕާޓީގެ ލީޑާޝިޕުން މާލޭގައި ބޭއްވި ބައްދަލުވުމުގައިވެސް 200 އެއްހައި މީހުން ބައިވެރިވެފައިނުވެއެވެ.