ޝަކީލް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަކީލް ވިދާޅުވީ ފަހިދިރިއުޅުން ކޯޕަރޭޝަނަށް ކުރިމަތިވި ގޮންޖެހުންތަކުން ތަކުން އަރައިގަނެ އެ ކޯޕަރޭޝަނުން އިމާރާތްކުރަން ހަމަޖެހިފައިވާ 4000 ފްލެޓް ނިންމައި ހަވާލުކުރާނެ ކަމަށެވެ.
ފަހި ދިރިއުޅުން ފްލެޓްތަކަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓްތަކެކެވެ. މި މަޝްރޫއުއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ޓަވަރުތައް ޕަވަރު ގްރިޑަށް ގުޅާލުމާއި، ސެކިއުރިޓީ ސިސްޓަމްތަކާއި، ޓަވަރުތަކާއި ކުއްޔަށް އުޅޭ ފަރާތްތަކަށް އިންޓަނެޓާއި އެހެނިހެން މީޑިއާކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕީއޯއެން ނެޓްވޯކް ގާއިމްކުރުމާއި، ކުނި ނައްތާލުމުގެ ނިޒާމާއި، ލޭންޑްސްކޭޕިންގެ މަސައްކަތްފަދަ މުހިންމު ހިދުމަތްތަކާއި ވަސީލަތްތައް ހިމަނާފައި ނުވާ ކަމަށާއި ވުމާއެކު ކުރިން ސްކޯޕުގައި ހިމަނާފައި ނުވާ އެ މަސައްކަތްތައް ފުރިހަމަކޮށް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް ހަމްދާން މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެމްޑީޕީ މެޖޯރިޓީ މަޖިލީހަކުން އައްޔަންކުރި އެމްޑީޕީގެ އޭސީސީއިން އެމްޑީޕީ ސަރުކާރުން ފްލެޓު ދޭން ނިންމި ލިސްޓާ ގުޅޭ މައްސަލަ ބަލާ ނިމޭހައި އަވަހަކަށް ޕީޕީއެމް ޕީއެންސީގެ މި ސަރުކާރުން ފްލެޓުތަށް ވަގުތުން ހަވާލު ކުރާނެ ކަމަށް މީގެ ކުރިން ހަމްދާން ވިދާޅުވެފައިވެއެވެ.