ދިވެހިންގެ އެހީ ބޭރުގެ ނިކަމެތިންނާއި އެހީއަށް ބޭނުންވާ ފަރާތްތަކާ ހަމައަށް ގެންގޮސް ދިނުމުގައި އުޅޭ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ބުނީ ޞަދަގާތުގެ ގޮތުގައި އެޗްޑީސީން އެއް މިލިއަން ރުފިޔާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިފަދަ ކަންކަމުގައި ދޭ އެއްބާރުލުމާއި އިސްނެގުމަށް އެ ކުންފުންޏަށް ޝުކުރު އަދާކުރާކަމަށް އައިއޭސީން ބުނެފައިވެއެވެ.
ޣައްޒާއަށް އެހީވުމަށްޓަކައި އެޗްޑީސީން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ޒަކާތު ފަންޑުން 1 ލައްކަ ޑޮލަރު ފޮނުވަން ސަރުކާރުން ވަނީ ނިންމާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1