ވަޒީރު އިހުސާން އެހެން ވިދާޅުވީ ރޭ ޕީއެންސީގެ ފަރާތުން ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒާންމަތާއި ހަވާލުވެވަޑައިގެންނެވިއިރު ލިބިވަޑައިގެންނެވީ ފާނަކުރުވަނި ރައްޔިތުންގެ މަޖިލީހެއް ކަމަށެވެ. އެ މަޖިލީހުގެ ތެރެއިން ރާއްޖޭގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތަކާ ކުރެއްވި ހިޔާލުފުޅާ ދެއްވަން ބޭނުންވި ހިދުމަތްތައް ހުރަސްއެޅި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ.
“މި ވަރަށް ނަގިލި ވަށްޓައިގެން ހިފައިގެން ހުއްޓާވެސް އަޅުގަނޑުމެން ރާއްޖެ މި ދަތުރުކުރަމުންދަނީ ބާރު ސްޕީޑްގައި. އެހެންވީމަ އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ އެއްބާރުލުން ދެއްވާ ރައްޔިތުންގެ މަޖިލީހެއް އޮވެއްޖެނަމަ ރާއްޖޭގެ ސްޕީޑް ދާނެވަރު އަންދާޒާ ކުރައްވާ. އެއީ ރައްޔިތުންގެ ފަރާތުން އެދޭ އެދުމަކީ.” ވަޒީރު އިހުސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ، ހުރިހާ ރައްޔިތުންނަށް ވެސް އެދެނީ ބިނާ ކުރައްވަނި ހިޔާލާ އެކުގައި ހިންގެވުމަށެވެ. ޕީއެންސީގެ ކެނޑިޑޭޓުންނާއެކު ރައީސްގެ އަރިހަށް ރައްޔިތުން ބޭނުންވާ ތަސައްވަރު ގެނެސްދިނުމަށް މަސައްކަތް ކުރުމަށެވެ.