ސޯލިހް ރޭ ދެއްކި ވާހަކަތަކާއި ގުޅިގެން ހަމްދާން ކުރި އެކްސްއެއްގައި ވިދާޅުވީ، އެންމެ ފަހު 6 މަސް ދުވަސް ހޭދަ ކުރީ ދިވެހި ރައްޔިތުންނާއި އަންނަން އޮތް ސަރުކާރަށް ޖެއްސުމަށް ނަމަކަށް ކަމެއް ކުރަން ކަމަށެވެ.
އަދި ސޯލިހްގެ ވެރިކަމުގައި ހިންގީ ޖަރީމާކަން ދިވެހި ރައްޔިތުންނަށް ބޮޑު ތަނުން ސާފު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އަދި ކޮށްފަ ހުރި ވައްކަންތަށް ހިސާބުކޮށް ނިމޭ އިރު ދައުލަތަށް ދަރިފަސްކޮޅުގެ މުދާވެސް ނަގާ ހިސާބުގަ ކަން ހުރީ،”.
ސޯލިހް ރޭ ވިދާޅުވީ، އެމަނިކުފާނު އެދެނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިކަންތައް ކުރިއަށް ގެންދަން ކަމަށެވެ.
“އަޅުގަނޑަށް ވަރިހަމަ ތި އެއާޕޯޓަށް އެބޭފުޅާ ކޮންމެ ނަމެއް ވިދާޅުވިޔަސް، އެކަން ކުރައްވާ، ބޭރުގައި ރައީސް މުއިއްޒު އެއާޕޯޓް ޖެއްސެވިޔަސް މައްސަލައެއް ނެތް. ޖައްސަވަންވީ، ތިމަންނައޭ މަގުތައް ހައްދަވަނީއޭ ކިޔާފައި ހެއްދެވިޔަސް މައްސަލައެއް ނެތް ކުރިއަށް ގެންދަވާ، އެކަން ނިންމަވާ،”.
އެކަމަކު އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއުގައި މިރަށުގެ ފުރަތަމަ ފޭސް 1ގައި 111 ކިލޯމީޓަރުގެ މަގު ހަދަން ނިންމާ އެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ސޯލިހް ވިދާޅުވިއެވެ. އަދި އެއީ 78 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަަމަށްވެސް ވިދާޅުވިއެވެ. އަދި ދެވަނަ ފޭސްގައި އިތުރަށް 67 ކިލޯމީޓަރުގެ މަގު ހެދުމަށްޓަކައި މަޝްވަރާކޮށް ފައިނަލްކޮށްފައިވާ ކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.
“ތިމަންނައޭ މިރަށުގެ މަގުތައް ހަދަނީ ވިދާޅުވިޔަސް މައްސަލައެއް ނެތް،”. އެމަނިކުފާނު ވިދާޅުވިއެވެ.