ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ލ. އަތޮޅުގައި ޓޫރިޒަމްގެ ގިނަ އެނދުތަކެއް ތަރައްގީކޮށްގެން ނޫނީ ސަސްޓެއިނަބަލް ގޮތަކަށް އެ އަަތޮޅުގެ ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.
“ގަމުގައި ވެފައިވާ 700 އެނދުގެ ވައުދާއި، އަދި ކައްދޫގައި އަޅުގަނޑުމެން މި ޕްލޭންކުރާ ޕްރޮޖެކްޓާއި، އަދި ލ. އަތޮޅުގެ ރަށްރަށަށް ދުނިޔޭގެ ބައެއް ވިޔަފާރިވެރިންގެ ޝައުގުވެރިކަން އެބަހުރި، އެހެންކަމުން އެ މަސައްކަތް އަޅުގަނޑުމެން މިހާރު އިންވެސްޓަރުންނާއެކު މިދަނީ ކުރިއަށް، އަޅުގަނޑު ޔަގީންކުރަނީ އަދި ރައީސުލްޖުމްހޫރިއްޔާ އަމާޒަކީ މިފަސް އަހަރު ނިމޭއިރު އެންމެ މަދުވެގެން ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް ލ. އަތޮޅުގައި ތަރައްގީކުރުން.”. ފައިސަލް ވިދާޅުވިއެވެ.
އަމާޒަކީ މިފަސް އަހަރު ނިމޭއިރު، މަދުވެގެން ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް ލ. އަތޮޅުގައި ތަރައްގީ ކުރުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ، ލ. އަތޮޅުގައި ޓޫރިޒަމްގެ ގިނަ އެނދުތަކެއް ތަރައްގީކޮށްގެން ނޫނީ ސަސްޓެއިނަބަލް ގޮތަކަށް އެ އަަތޮޅުގެ ޓޫރިޒަމް ކުރިއަކަށް ނުގެންދެވޭނެ ކަމަށެވެ.
“ގަމުގައި ވެފައިވާ 700 އެނދުގެ ވައުދާއި، އަދި ކައްދޫގައި އަޅުގަނޑުމެން މި ޕްލޭންކުރާ ޕްރޮޖެކްޓާއި، އަދި ލ. އަތޮޅުގެ ރަށްރަށަށް ދުނިޔޭގެ ބައެއް ވިޔަފާރިވެރިންގެ ޝައުގުވެރިކަން އެބަހުރި، އެހެންކަމުން އެ މަސައްކަތް އަޅުގަނޑުމެން މިހާރު އިންވެސްޓަރުންނާއެކު މިދަނީ ކުރިއަށް، އަޅުގަނޑު ޔަގީންކުރަނީ އަދި ރައީސުލްޖުމްހޫރިއްޔާ އަމާޒަކީ މިފަސް އަހަރު ނިމޭއިރު އެންމެ މަދުވެގެން ވަން އައިލެންޑް ކޮންސެޕްޓްގެ ހަތަރު ރިސޯޓް ލ. އަތޮޅުގައި ތަރައްގީކުރުން.”. ފައިސަލް ވިދާޅުވިއެވެ.
ގަމުގައި ބޭއްވި ޖަލްސާގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް – ވަގުތު އިމޭޖްސް: މުހައްމަދު އަލިފް
މީގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކެކޭވެސް އެއްގޮތަށް ލ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރާނެ ކަމަށާއި، އެ ރަށަކީ ލ. އަތޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ބޭނުމަށާއި، ލޯކަލް ޓޫރިޒަމްގެ ގެސްޓުހައުސްތައް ހިންގާ ފަރާތްތަކަށް ބޭނުންކުރެވޭނެ ގޮތަށް ތަރައްގީކުރާ ރަށެއް ކަމަށް ފައިސަލް ވިދާޅުވެފައި ވެއެވެ.
ފައިސަލް ވިދާޅުވީ، ލ. އަތޮޅުގައި ހުރި ގެސްޓު ހައުސްތަކަށް ދިމާވާ އެންމެ ބޮޑު ދަތިތަކަކީ އެރަށްތަކަށް އަންނަ ފަރާތްތަކުގެ އަތުން ނަގާ އެއާ ފެއާގެ މައްސަލަ ކަމަށާއި، އެކަން ރައީސްގެ ސަމާލުކަމަށް ގެންނެވުމާއެކު އެކަން ހައްލުކުރެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.
“ޓޫރިޒަމް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ޓޫރިޒަމް ނެތް ތަންތަނަށް ޓޫރިޒަމް ގެނައުން. އެގޮތުން އަޅުގަނޑުމެން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެންނަށް ލިބުނީމަ، ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ލ. އަތޮޅު ކަހަލަ ޓޫރިޒަމް ނެތް ތަންތަނުގައި ރަށްތައް ދޫކުރުމުގައި ހުރި ބޮޑެތި އަގުތައް ތިރިކޮށް އިތުރަށް އިންވެސްޓަރުން އެޓްރެކްޓް ކުރެވޭ ގޮތް އަޅުގަނޑުމެން ހަދާނަން،”. ފައިސަލް ވިދާޅުވިއެވެ.