މިނިސްޓަރު ޝަހީމް އެ ޖަމިއްޔާގެ އެންމެ މަތީ މަޖިލީހަށް އައްޔަން ކުރެއްވީ އެ ތަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލް ކަރީމުލްއީސާއެވެ.
މުސްލިމް ވޯލްޑް ލީގަކީ އިސްލާމީ އަދި ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ބޭފުޅުން ހިމެނޭ ގޮތަށް މީގެ 62 އަހަރު ކުރިން 1962 ވަނަ އަހަރު އުފެއްދި، އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ.
އެ ތަނުގެ މައި އޮފީސް ހުންނަނީ މައްކާގައެވެ.
އިސްލާމީ ދައުވަތާއި ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ އިތުރުން އެ ޖަމިއްޔާގެ ދަށުގައި އެތައް ޔުނިވާސިޓީތަކާއި ކޮލެޖަކާއި ގުރުއާން ސެންޓަރުތައް ހިންގައެވެ.
މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް މިނިސްތަރު ޝަހީމް ހަމަޖައްސަވާފައިވާއިރު ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރާބިތާގެ އެންމެ މަތީ މަޖިލީހުގެ ބައްދަލުވަމަށް މިނިސްޓަރު ޝަހީމަށް ވަނީ ދައުވަތު ދެއްވައިފައެވެ.