މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ ރައީސް ޑރ.މުހައްމަދު މުއިއްޒު މަގާމާ ހަވާލު ވެވަޑައިގެން ދިވެހިންގެ އިސްލާމީވަންތަކަށް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި ދީނީ ތަފާތު މުނާސަބަތުތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރެއްވުމަށް ދެއްވާ ސަމާލުކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާ ކަމަށެވެ.
“އެގޮތުން މި އަހަރުގެ ބަރަކާތްތެރި ފިތުރު އީދުން ފެށިގެން ރާއްޖޭގެ އީދުގެ ތާރީހުގައި މުޅިން އަލަށް ކުލަބޮކީގެ ތަފާތު ކުލަތަކުން ރާއްޖޭގެ އެކި ކަންކޮޅުތައް އީދުގެ މުނާސަބަތަށްޓަކައި ޒީނަތްތެރިކޮށް އީދުގެ ދުވަސްތަކުގައި ތަހްލީލާއި ތަކުބީރުގެ ތަހްޟީދުގެ އަޑު ދިވެހިންގެ މި ލޮބުވެތި ރަށްތަކުން އިވެމުންދާނެ ގޮތް އިންތިޒާމުކުރުމަށް ފެށްޓެވި މަސައްކަޕުޅިން ހާމަކޮށްދެވީ ދީނީ އިހްތިފާލުތައް ކުލަގަދަ ގޮތެއްގައި ފާހަގަ އެމަނިކުފާނު ދެއްވާ ސަމާލުކަމަށް.” މިނިސްޓްރީއިން ބުނެފައިވެއެވެ.
އަދި މި ކަމަކީ އެންމެހާ ލޮބުވެތި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ މުސްލިމު އަހުންނާއި އުހުތުންގެ މޫނުތަކަށް އީދުގެ ހިނިތުންވުން ގެނެސްދީ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ނަމުގައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށް ނޫސް ބަޔާނުގައިވެއެވެ.