ވަޒީރު ސަޢީދު ވިދާޅުވީ، ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާކަމަށެވެ. އެގޮތުން ޔޫކްރެއިން ހަނގުރާމައާއި އަދި އެނޫންވެސް ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކުގެ އަސަރު ފަތުރުވެރިކަމަށް ކޮށްފައިވާކަމަށެވެ. ނަމަވެސް މިކަންކަމުން މިހާރު އަރައިގަނެވެމުން އަންކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަން މިހާރު ކުރިއަރަމުންދަނީ ހަލުވި ދުވެލީގައިކަމަށާއި، އަހަރުގެ މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށާއި، މިއަހަރުގެ ތެރޭގައި ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން އަންނާނެކަމަށް މިހާރު ލަފާކުރެވޭކަމަށް ސައީދު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ އަދަދު އިތުރުވަމުން އަންނަކަމަށް ފާހަގަކުރައްވަމުން، ޗައިނާއިން މުޅިން އައު 3 އެއަރލައިނަކުން ދަތުރު ފަށާފައިވާކަމަށާއި، މެލޭޝިއަން އެއަރލައިނުންވެސް އަލަށް ދަތުރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ