މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގިނަ މަޝްރޫއުތައް ހުއްޓިފައި އޮތަސް، މިހާރު އޭގެ ތެރެއިން ގިނަ މަޝްރޫއުތައް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އާއްމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދީގެން ކުރިއަށްގެންދާ “ރައީސްގެ ޖަވާބު” ސީރީޒްގައި, ކުރިން ފެށި މަޝްރޫއުތައް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ދައްކާ ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ވަޑައިގެންނެވިއިރު، އެ ރަށްރަށުގައި ހިންގަމުން ދިޔަ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށެވެ.
ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރަން މަސައްކަތް ފެށުމަށްފަހު މަގުމަތީގައި ހޮޅިތައް ބެހެއްޓިއަސް މަސައްކަތްކުރާނެ މީހެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ހަމަ އެ އުސޫލުން، މަގު ހަދަން ފެށުމަށްފަހު މަސައްކަތް ކުރާނެ މީހެއްގެ ހިލަމެއް ނެތް ކަމަށާއި ރަށްރަށުގެ ބަނދަރާއި ސްކޫލު އިމާރާތްތަކާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ވެސް ހުއްޓިފައިވާކަން ފާހަގަކުރެއްވި އެވެ.