މެޓް އިން އެ އަތޮޅުތަކަށް ހުދު ސަމާލު ނެރިފައިވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 16:00 އަށެވެ. ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ
ވިއްސާރައިން ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:
ވާރޭ ވެހުމާއި އުދަ އަރައި ފެން ބޮޑުވެދާނެ ކަމަށް ތައްޔާރުވުން
ގެއަށް ފެން ނުވަންނާނެ ހެން ވެލި ބަސްތާ ފަދަ ތަކެތި ޖެހުން
ގެތެރޭގައި ފެންބޮޑުވުން ގެއްލުންވެދާނެ މުދާ އުސްތަންތަނަށް ބަދަލު ކުރުން ނުވަތަ ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލު ކުރުން
ގަދަވަޔާއެކު ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުން
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަރަށް ހޫނުގަދަވެފައި އޮތުމަށްފަހު ބައެއް ސަރަހައްދުތަކަށް މިހާރު ދަނީ ވިއްސާރަކުރަމުންނެވެ.