މިދިޔަ ރިޔާސީ އިންތިޚާބަށްފަހު ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މާލެސިޓީ ކައުންސިލުން ކުލަގަދަ ގޮތެއްގައި މިދިޔަ އަޟްހާ އީދު ފާހަގަކުރި ފަދައިން ދެން ކޮންމެ އީދެއްގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގައްޔާއި އަތޮޅުުތަކުގައި ވެރިކަން ކުރާ ކޮންމެ ރަށެއްގައި ފުރަތަމަ ފަހަރަށް އެކަން ކުރައްވާނެ ކަމަށެވެ. އަދި ކެރިފޯރުންތެރިކަން ލިބޭ މިންވަރަކުން އެކަން އެެއަށްވުރެ ފުޅާކުރަމުންދާނެ ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވިއެވެ.
ރައީސްގެ މި ވައުދުފުޅާާ އެއްގޮތަށް މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި އަތޮޅު ވެރިކަންކުރާ ރަށްތައް ފިޠުރު އީދަށް ޒީނަތްތެރިކުރަން ވަނީ ފަށާފައެވެ. އެގޮތުން އީދުގެ ރޫހުދައްކުވައިދޭފަދަ ބޮޮކިތަކުން މަގުތައް ޒީނަތްތެރިކޮށް ބޮޑެތި މަގުތަކުގައި ގިޑިގެތައް އަންނަނީ ހަދަމުންނެވެ.
މި އަހަރުގެ ބަޖެޓުން ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި އީދު ފާހަގަކުރުން ހިމެނެއެވެ. މިގޮތުން ކުލަގަދަކޮށް އީދު ފާހަގަކުރުމަށް 50 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1