ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުވެފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު އަންހެނުން ފުލުހުންގެ ތަހުގީގަށް ދިން ބަޔާންތައް އާންމުވުމުން އެމްޑީޕީގެ ލީޑާޝިޕުން އެކަމުގައި އެއްވެސް ބަހެއް ނުބުނަނީ އެޕާޓީގެ ލީޑާޝިޕު “ކޮމްޕްރޮމައިޒްވާނެ”ފަދަ އެއްޗެހިތަކެއް ނުވަތަ މައުލޫމާތުތަކެއް އަލީގެ އަތުގައި ހުރުމުގެ ސަބަބުންތޯ ސަރުކާރު ހިންގާ ކޮންގުރެސް ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ސުވާލުކުރައްވައިފިއެވެ.ހީނާ ވަލީދުހީނާ އެމްޑީޕީއަށް: އެމްޑީޕީގެ ލީޑާޝިޕް ކޮމްޕްރޮމައިޒްވާ ފަދަ މައުލޫމާތުތަކެއް އަލީ ވަހީދުގެ އަތުގައި ހުރީތޯ؟މުޙައްމަދު ޒައިދު5 hours agoގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުވެފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން އަނިޔާ ލިބުނު އަންހެނުން ފުލުހުންގެ ތަހުގީގަށް ދިން ބަޔާންތައް އާންމުވުމުން އެމްޑީޕީގެ ލީޑާޝިޕުން އެކަމުގައި އެއްވެސް ބަހެއް ނުބުނަނީ އެޕާޓީގެ ލީޑާޝިޕު “ކޮމްޕްރޮމައިޒްވާނެ”ފަދަ އެއްޗެހިތަކެއް ނުވަތަ މައުލޫމާތުތަކެއް އަލީގެ އަތުގައި ހުރުމުގެ ސަބަބުންތޯ ސަރުކާރު ހިންގާ ކޮންގުރެސް ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ސުވާލުކުރައްވައިފިއެވެ.ADS BY: VBމިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާވަނީ އަލީ ވަހީދުގެ މައްސަލާގައި ކަންކަން ހިނގައިދިޔަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އަލީގެ ފަރާތުން ޖިންސީ އަނިޔާއާއި ފުރައްސާރަ ކުރިމަތިވި އަންހެނުން، އެއިރުގެ ޖެންޑާ މިނިސްޓަރުގެ އެދިވަޑައިގަތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައި އަލީގެ ފަރާތުން އެމީހުންނަށް ކުރިމަތިވި ކަންކަމުގެ ތަފުސީލުތައް އެމަނިކުފާނާ ހިއްސާކުރިކަން ހީނާ ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވީ އެ ވާހަކަފުޅުތައް އަޑުއެއްސެވުމަށްފަހު ރައީސް އިބްރާހީމު ވަރަށް ބޮޑަށް ކީރިތިކުރެއްވި ވާހަކަ އެއިރު ނޫސްތަކުން ރިޕޯޓުކުރި ކަމެވެ.”ޖިންސީ ގޯނާގެ މައްސަލާގައި އެއިރުގެ ޖެންޑާ މިނިސްޓާ ވިކްޓިމްސް ގޮވައިގެން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގެންނެވި. އަދި ވިކްޓިމްސްގެ ވާހަކަތައް އަހާފައި ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކީރިތިކުރެއްވިކަމަށް ނޫސްތަކުގެ ހެޑްލައިންތަކަށް އެރި،” ހީނާ ވިދާޅުވިއެވެ.އެ މައްސަލަ ކުރިއަށްދަނިކޮށް ކުއްލިއަކަށް އަލީ ވަހީދު ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރައްވައިގެންކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އިދިކޮޅުން އެއިރުވެސް ޤަބޫލުކުރީ އަދި މިހާރުވެސް ދެކެނީ އެ މައްސަލަ އޮއްބައިލުމަށް އެއިރުގެ ސަރުކާރުން އަލީ ވަހީދު ފުރުވައިލީ ކަމަށެވެ. އަދި އޭގެ ފަހުން ހިނގި ކަންކަންވެސް ހީނާ ވިދާޅުވެދެއްވިއެވެ. އެގޮތުން އަލީ ކޯޓަށް ހާޒިރުނުކުރެވި ދިގުލައިގެންދިޔަ ކަމެވެ.އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ބައެއް ވާހަކަފުޅުތައްވެސް ހީނާ ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުގެ ވެރިން ކޮމްޕްރޮމައިޒްވާނެ މައުލޫމާތު ހުރިކަމަށާއި، ވަރަށް އަވަހަށް އެ މައުލޫމާތު ހާމަކުރާނެކަމަށް އެއިރު އަލީ ވަހީދު ވިދާޅުވިކަން ފާހަގަކުރެއްވުމާއެކު ހީނާ ވިދާޅުވީ އޭގެ ފަހުން މުޅި މައްސަލަ މަޑުޖެހުނު ކަމަށެވެ. އަދި ފަހުން އެވާހަކައަކީ “ސްމޯކް ސްކްރީނެއް”ކަމަށް ވިދާޅުވެ އަލީގެ ވާހަކަ މުޅިން ބަދަލުކުރެއްވި ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1