ޕީއެންސީން އާއްމުކޮށްފައިވާ ތަފަށް ހިސާބުތަކެއްގައިވާގޮތުން މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ގިނަ މިސްކިތު މަޝްރޫއުތަކެއް ހިމެނޭހެން ޖުމުލަ 275 މަޝްރޫއުއެއް އިތީ ހުއްޓިފައެވެ.
ވެރިކަމާއި ހަވާލުވިއިރު ހުއްޓިފައި ހުރި މަޝްރޫއުތައް:
ފެނާއި ނަރުދަމާ: 27
ބަނދަރު ހެދުމާއި ބިންހިއްކުމާއި އެއްގަމު ތޮށިލުން: 30
އެއާޕޯޓު މަސައްކަތް: 7
މަގުހެދުން: 17
ދަނޑާއި ކޯޓުތައް ހެދުން: 84
މިސްކިތު މަސައްކަތް: 20
ތައުލީމީ ދާއިރާ: 90
މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރު ހުއްޓިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެރިކަން ކުރާ ޕާޓީން ހާމަކޮށްފައިވާއިރު ކުރީ ސަރުކާރުން ހިންގި ބައެއް މަޝްރޫއުތައް ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ހިޔާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކެމްޕޭނު ދުވަސްވަރު ރަށްރަށަށް ދަތުރުކުރެއްވިއިރު ވެސް އޭރުގެ ސަރުކާރުގެ ގިނަ މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށެވެ. އެހެންވެ ވެރިކަމާ ހަވާލުވެވަޑައިގެން، އެ މަސައްކަތްތައް ހުއްޓިފައި ހުރި ސަބަބުތައް ހޯއްދެވިއިރު، އެ މަޝްރޫއުތައް ހުއްޓިފައި އޮތީ ފައިސާ ނުދީގެން ކަން އެނގިވަޑައިގަތް ކަމަށެވެ.
“9000 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު، ރައްޔިތުންގެ ކުންފުނިތަކަށް. އެ ފައިސާ ނުދީ ހުރީމަ ރަށްރަށުގެ މަޝްރޫއުތައް ހުއްޓިފައި ހުރީ،” ރައީސް ވިދާޅުވި އެވެ.