ރައްޔިރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިޢުލާންކުރެއްވި ގޮތުގައި ރަމަޟާންމަހުގެ ފަހު 10 ދުވަހަކީ ސަރުކާރުން ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ނިންމަވާފައިވުމުން މަޖިލީހުގެ ޖަލްސާތައް ވެސް އެ މުއްދަތުގައި ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާ ދެން ބާއްވާނެ ތާރީޚެއް ފަހުން އަންގަވާނެ ކަމަށެވެ. އަދި މިނިންމުން ނިންމުމުގައި ކުރިން މަޖިލީހުން ޢަމަލުކުރައްވާފައިވާ ގޮތަށް ބައްލަވާފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިންވެސް ބާއްވަނީ ސަރުކާރު ބަންދުނޫން ދުވަސްތަކުގައެވެ.
ރަމަޟާން މަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ސަރުކާރުން ނިންމަވާފައިވަނީ އަޅުކަމުގައި މަޝްއޫލުވުމަށް ރައްޔިތުންނަށް ފުރުސަތު ދިނުމުގެ ގޮތުންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.