އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާމެދު، ފުވައްމުލައް ސިޓީ، ނިއުވެލީ، ޢަލީ ޝަފީޢު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މުއައްސަސާތަކުގެ މުސާރަ ބޮޑުކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށެވެ.
އެކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމުގެ އިގްތިޞާދު ހަރުދަނާވަމުންދާވަރަކުން، އާމްދަނީ އިތުރުވަމުންދާ ވަރަކުން އަދި އިގްތިޞާދުގައި ބުންވަރު ޖެހޭ މިންވަރަކުން މި ދައުރުތެރޭގައި ހުރިހާ ސެކްޓާއެއްގެ މުސާރަ ބޮޑުކޮށްދޭނެކަމަށެވެ.
އެގޮތުން މިހާރު ވަނީ ބައެއް ދާއިރާތަކުގެ މުސާރަ ބޮޑުކުރެވިފައިކަމަށާއި އިގްތިޞާދު ހަރުދަނާ ވަމުންދާ މިންވަރަކުން އެހެން ދާއިރާތަކުގެވެސް މުސާރަ ބޮޑުކުރަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1