މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން މިހާތަނަށް އައިއިރު 10 ޝަކުވާއެއް ހުށަހަޅާފައިވާ އިރު، ރަޖިސްޓްރީކޮށްގެން ބަލަމުން އަންނަނީ އަށް މައްސަލައެވެ. ބާކީ އޮތް ދެ މައްސަލައާ މެދުގައި އޭސީސީން އަދި ވަކި ގޮތެއް ނުނިންމައެވެ.އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި ރިޝްވަތު ހުށަހެޅުމާއި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުން ހިމެނެއެވެ.މަޖިލިސް އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް އޭސީސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން މީގެކުރިން ވަނީ އެދިފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1