އިހުސާން ވަނީ ކައުންސިލްތަކާއި ފުލުހުން މެދުވެރިކޮށް ރާއްޖޭގައި ތިބި ބިދޭސީން އިނގިލީގެ ނިޝާން ނަގައި ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތަށް ސޮފްޓްވެއާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގި، އެމީހުންނަކީ ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައި ތިބި މީހުންކަން ކަށަވަރު ކުރުން ކަމަށް ވެސް އިހުސާން ވިދާޅުވެފައިވެއެވެ.މި ސޮފްޓްވެއަރ އާއެކު އެކި ރަށްތަކުގައި ތިބޭ ބިދޭސީންގެ އަދަދު ކަށަވަރުވެގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ. އަދި ޤަވާއިދުގެ ތެރެއިން ބަދަލު ކުރެވޭ ބިދޭސީން ތިބި ކަމަށްވާނަމަ އެމީހުން ޤަވާއިދަށް ފައްތާނެ ކަމަށް ވިދާޅުވިއެވެ. އިހުސާން އިތުރަށް ވިދާޅުވީ ޤަވާއިދުގެ ތެރެއަށް ވެއްދެން ނެތް ބިދޭސީން ސަރުކާރުން ޑީޕޯޓް ކުރާނެ ކަމަށެވެ.ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބިދޭސީން ގެނެވޭ މެކޭނިޒަމްގެ ތެރެއިން އެކައުންޓެބިލިޓީ ހަރުދަނާ ކުރާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް އަމިއްލަ އިހްތިޔާރުގައި ރާއްޖެ ދޫކޮށް ދިއުމަށް ހުޅުވާލާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
+1
+1