ދައުލަތު މީޑިއާއަށް ރައީސް ދެއްވި އިންޓަވިއެއްްގައި ވިދާޅުވީ ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫތައް ހަގީގަތަށް ހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫއަކީ މައި ދޮރާށި، އެއާޕޯޓްގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.”އެއާޕޯޓްގެ މަސައްކަތް ދިޔައީ ވަރަށް ލަސްކޮށް ހިނގަމުން. ޓްރާންސިޝަން މަރުހަލާގައި ވެސް ބައްދަލުކުރި ކުންފުންޏަކީ އެ މީހުން އެކަނި. އެއީ ވެސް އެ މަޝްރޫއުގެ މުހިންމުކަމުގެ ސަބަބުން. ދެން ރަސްމީކޮށް އެ ސައިޓަށް ވެސް ގޮސް ކަންކަން ދިޔަގޮތް ބެލިން. ވަރަށް ލަސްކޮށް ކަންކަން ދިޔައީ. ދާންވާ ޓާގެޓަކަށް ނުދޭ.”. ރައީސް ވިދާޅުވިއެވެ.ނަމަވެސް މިހާރު ވަަރަށް ބޮޑުތަން ކެޗްއަޕްކުރެވި އެ މަޝްރޫއު ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. އުންމީދަކީ މި އަހަރު ނިމެންވާއިރާ ޓާމިނަލްގެ މުހިންމު މަސައްކަތްތަކެއް ނިންމައި އެއާޕޯޓް އޮޕަރޭޝަނަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުވެއިތު ފަންޑު ހިމެނޭ ގޮތަށް ހަތަރު ބައެއްގެ ލޯނު ނަގައިގެން ހިންގާ ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބިޔަ މަޝްރޫއެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފެށި އެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1