ފުލުހުން ބަލަނީ އާރުޑީސީ ހިޔާނާތުގެ ފައިސާތަކެއް ފައްޔާޒަށް ޖަމާކުރި މައްސަލަފުލުހުން ބަލަނީ އާރުޑީސީއާ އެކު ވިޔަފާރިކުރާ ކުންފުންޏަކުން ފައްޔާޒަށް ޖަމާކުރި ފައިސާތަކެއްގެ މައްސަލަނަމަވެސް ފައްޔާޒް ވިދާޅުވި ގޮތުގައި، އެއީ އެ ކުންފުނިން އޭނާ ނެގި ލޯނެކެވެ.
ފުލުހުންގެ އިދާރާއަށް މިއަދު މެންދުރުފަހު ފައްޔާޒް ހާޒިރުކުރީ އާރުޑީސީގެ ބައެއް މުވައްޒަފުންނަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގާ ގުޅުން ހުރި މައްސަލައެއްގައި ސުވާލުކުރުމަށެވެ.ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް އެ އިދާރާގައި ހޭދަކުރެއްވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނަށް ދެއްވި ޕްރެސް ބްރީފިންގައި ފައްޔާޒް ވިދާޅުވީ އޭނާގެ މައްޗަށް ޖިނައީ ކުށެއްގެ ތުހުމަތު ނުކުރާ ކަމަށެވެ. އަދި ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.ފައްޔާޒް ވިދާޅުވި ގޮތުގައި، ފުލުހުން އޭނާއާ ސުވާލުކުރީ ސެޕްޓެމްބަރު 2022 ގައި އޭނާ ގުޅުން އޮންނަ ބައެއްގެ ކުންފުނިން ނަގާފައިވާ ލޯނަކާ ބެހޭ ގޮތުން ކަމަށެވެ. އެއީ 160،000ރ. ލޯނެކެވެ. އަދި އެ ކުންފުންޏަކީ އާރުޑީސީއާ އެކު ވިޔަފާރީގެ މުއާމަލާތްތަކެއް ކޮށްފައިވާ ކުންފުންޏެކެވެ