ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ 17 ހެލްތު ސެންތަރުތަކަށް ލެބޯޓްރީ ސާމާނު ހޯދުމަށް ދިވެހިރާއްޖޭގެ ސިއްހީ ވުޒާރާއިން ޗައިނާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗައިނާއާއެކު ވެވުނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ސިއްހީ ވަޒީރު ޑރ. އަބްދުﷲ ހަލީލްއެވެ. އަދި ޗައިނާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިންއެވެ.
ސިއްހީ ވުޒާރާގައި ވެވުނު އެއްބަސްވުމާއި ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެ ވުޒާރާއިން ބުނެފައިވަނީ، ޗައިނާއާއެކު ވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގައި ދެމުން އަންނަ ސިއްހީ ހިދުމަތްތައް އާ އުސްމިންތަކަކަށް އަރައިގެންދާނެކަމަށެވެ. އެގޮތުން، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ގާއިމްކޮށްފައިވާ ލެބޯޓްރީތަކުން ލިބޭ ހިދުމަތް މިހާރަށްވުރެ އަވަސްވާނެކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ސިއްހީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރާއްޖޭގެ 72 ރަށަކަށް ލެބޯޓްރީ ސާމާނު ހޯދޭނެކަމަށެވެ. އަދި އެކަން ކުރިއަށްދާނީ ދިވެހި ދައުލަތާއި ގާތްގުޅުމެއް ބާއްވަމުންދާ ޗައިނާގެ އެހީތެރިކަމާއެކުގައެވެ.
ވެރިކަން ކުރާ މާލެ ސަރަހައްދުގައި އެތައް ސިއްހީ ހިދުމަތްދޭ ތަންތަނެއް ގާއިމްކޮށްފައި ވީނަމަވެސް، އަބަދުވެސް ފެންނަ މަންޒަރަކީ އެތަންތަން ފުރި ބާރުވެފައި އޮންނަ މަންޒެރެވެ. މެޑިކަލް ހެއްދުމަށްޓަކައި އެތަންތަނަށް ދާ މީހުން މިފަހަކަށް އައިސް އިތުރުވެފައިވާއިރު، ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހެދިފައި އޮންނަ ކިއު ލައިނަށް ބަލައިލުމުން، ލެބޯޓްރީތައް ހަރުދަނާކުރަން ޖެހިފައިވާކަން ސާބިތުވެއެވެ.