މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެ މިނިސްޓަރު ހާޒިކޮށް މަޖިލިސް މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރާއްޖޭގައި ބޮޑެތި ބަލިތައް ފެތުރެމުންދާތާ ޒަމާންތަކެއް ވެފައިވާއިރު، މިކަމާއި ގުޅޭ ދިރާސާތައް، ޚާއްސަކޮށް ކެންސަރު ބަލި ޖެހޭ މީހުން ރާއްޖޭގައި އިތުރުވެފައިވާކަމަށް ވިދާޅުވެ މިކަމަށް ޚާއްސަ ދިރާސާއެއް ކުރުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް އިތުރުވާކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު ރާއްޖޭގައި މަރުވާ މީހުންގެ ނިސްބަތުން %84 މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންކަން ތަފާސް ހިސާބުތަކުން ދައްކައެވެ.