ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، ބޯފެން ހަދިޔާ ކުރަން ނިންމާފައިވަނީ ޗައިނާގެ ޝީޒަންގް އޮޓޮމަސް ރީޖަންގެ ޗެއާމާން މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކަމަށެވެ.
ހަދިޔާކުރާނެ ކަމަށް އޭރު ބުނެފައިވަނީ ގްލޭސިއަލް ނުވަތަ ފިނި ގަދަ ސަރަހައްދުތަކުގެ ގަނޑުފެނުން އުފައްދާ ފެނެވެ. މިގޮތަށް އުފައްދާ ފެނުގެ ސާފުކަން ބޮޑުވެފައި މިނެރަލް އިން މުއްސަންޖެވެ. ޝީޒަންގް އޮޓޮމަސް ރީޖަންގައި އަގު ބޮޑު ޕްރިމިއަން ބްރޭންޑްތަކުގެ ފެން އުފައްދަ އެވެ.
ހަދިޔާކުރި ފެނުގެ ޝިޕްމެންޓް މިހާރު ރާއްޖެ އައިސްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ އެކި ރަށްރަށަށް ފެނުގެ ދަތިކަން ދިމާވާ ހާލަތްތަކުގައި މި ފެން އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1