އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ އަމިއްލަ ކެންޑިޑޭޓު މުޙައްމަދު ޒަމީރުގެ ކެމްޕެއިނަށް ރޭ ބޭއްވި ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހަދަން ޖެހިފައިވާކަމަށާއި އެމަނިކުފާނުގެ ސަރުކާރުން ދެވަނައަށް އެންމެ އިސްކަމެއް ދެއްވައިގެން ހައްލު ކުރައްވާނީ މަގުތަކުގެ މައްސަލަ ކަމަށެވެ.
އެގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހަދަން ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތުގެ ކަމާބެހޭ ޓީމެއް މިހާރު ރާއްޖޭގައި އުޅޭ ކަމަށާއި ފަންނީ މަސައްކަތްތައް ނިމުމުން މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1