ޖަޕާނު ސަރުކާރުން، ރާއްޖޭގެ ނޭޝަނަލް ރެސްޕޮންސް ކެޕޭސިޓީ އިތުރަށް ހަރުދަނާކުރުމަށްޓަކައި 4.3 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ، ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ޓާކެއުޗީ މިޑޯރީއެވެ. އަދި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ، ހާރިޖީ ވަޒީރު މޫސާ ޒަމީރުއެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭން އެއްބަސްވެފައިވާ ފައިސާގެ ސަބަބުން ރާއްޖޭގެ ކުރިއެރުމަށް ބޮޑެެތި ފައިދާތަކެއްކުރާނެކަމަށް ރާއްޖޭގެ ސަރުކާރުން މާއުލޫމާތުދީފައިވެއެވެ.
އެގޮތުން، އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ 130 ރަށެއްގެ އެކި ކަންކަން ކުރިއެރުަށް ބޭނުންކުރެވޭނެއެވެ. އެގޮތުން، ކާއެއްޗެތި މެނޭޖުކުރުމުގެ ރޮނގުން ފަށައިގެންގޮސް ފަޔާ ފައިޓިންގް ކެޕޭސިޓީ އިތުރުކުރުމަށް އެތައްކަމެއް ކުރެވިގެންދާނެކަމަށް ސަރުކާރުން މައުލޫމާތުދީފައިވެއެވެ.
އޭގެ ތެރޭގައި:
264 ފެން ޕަންޕު
40 ފަޔާ ފައިޓިންގް ޕަމްޕްސް
4 ފަޔާ ފައިޓިންގް އުޅަނދު
ސްލަޖް ސަކްޝަން ޓްރަކް
ޖަޕާނު ސަރުކާރާއެކު މިިއަދު މި ހެދުނު އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޖަޕާނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ހާރިޖީވުޒާރާއިން މައުލޫމާތުދީފައިވެއެވެ.