ފުލުހުން ބުނި ގޮތުގައި ރޭ ފަތިހު 4:07 ހާއިރު ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ އެޗް-03 ޓަވަރު ކައިރީ ހުރި ޓްރާސްފޯމަރުގެ ތެރޭގައި ކަރަންޓުގައި އަނިޔާތަކަކާއެކު ވެއްޓިފައި އޮތް މީހުންނަށް ފެނުނީ ހިޔާ ސަރަހއްދުގައި ޕެޓްރޯލުކުރަމުން އައި ފުލުހުންނަށެވެ.
އެމީހާ އެތަނުން ނަގައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ފުލުހުން ގެންދިޔައެވެ. ހޮސްޕިޓަލަށް އޭނާ ގެނެވުނުއިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ކަރަންޓުގައި ޖެހިގެން މަރުވި މީހަކީ އުމުރުން 27 އަހަރުގެ މީހެއްކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
ފާއިތުވި ހުކުރުދުވަހުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވެފައިވަނީ މާލެ ސަރަހައްދުގައި ހުންނަ ސަބްސްޓޭޝަންތަކުގެ ތަޅުތަކަށް ގެއްލުންދިނުމަށްފަހު އެތަންތަނަށް ވަދެ ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މައްސަލަތައް އިތުރުވެފައިވާކަން ސްޓެލްކޯއަށް ފާހަގަވުމާ ގުޅިގެން އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށެވެ.