ރ. އަލިފުށީ އެއާރޕޯޓް އަދި ހުޅުދުއްފާރުގެ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތީ އެކަމާއި ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަމުގައި އަލިފުށި އެއާޕޯޓުގެ މަސައްކަތް ހުއްޓިފައިވާކަން އެމަނިކުފާނަށް ނޭގުމަކީ ދެރަކަމެއް ކަމަށެވެ.
އަލިފުށީ އެއާޕޯޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ ފަޅުން ބިން ހިއްކައިގެންނެވެ.
އާދަމް ޝަރީފް ވިދާޅުވީ، ހުޅުދުއްފާރުގެ މަގުތަކުގައި ފަސްބާޑި ޖަހައި މުޅި މުޅިރަށް ޚަރާބުކޮށްލީ އެމްޑީޕީން ކަމަށާއި، ރައީސް ޑރ. މުއިއްޒު ގެންދަވަނީ ކުރީ ސަރުކާރުން މަސައްކަތް ހުއްޓިފައި ހުރި ހުރިހާ ޕްރޮޖެކްޓެއް ފެއްޓޭނެ ގޮތް ހައްދަވަމުން ކަމަށެވެ.
އަލިފުށީ އެއާރޕޯޓް އަދި މަގުތައް ހެދުމުގެ މަޝްރޫއު ހުއްޓިފައިވާއިރު، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދަނީ ހުއްޓިފައި ހުރި މަޝްރޫއުތައް ފައްޓަވަމުނެނެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ފެށި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގެ ތެރެއިން މ.ރަތްމަންދޫގައި ފެނަކަ ކުންފުންޏާ ހަވާލުކޮށްގެން ހިންގަން ފެށި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހުއްޓާލާފައިވާކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް ކުރީގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ