ކުރީސަރުކާރުގެ 100 ދުވަހާއި މިސަރުކާރުގެ ފުރުތަމަ 100 ދުވަހުގެ ކާމިޔާބީތައް ރައްޔިތުންނަށް ވަރަށް ސާފެވެ.
ނަމަވެސް މިގޮތަށް ހަގީގަތާ ޙީލާފު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ.
ޝާހިދު މިވަގުތު ދަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރަމުންނެވެ. މިދަތުރުގައި މ. އަތޮޅު ރަތްމަންދޫއަށް ވަޑައިގެން އެކްސްގައި ހިއްސާ ކުރެއްވި ވީޑީއޯއެއްގައި ޝާހިދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލައި ފެއްޓެވި ތަރައްޤީގެ މަޝްރޫއުތައް އެ ރަށުން ފެންނަން ހުރި ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގައި ފައްޓާފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއު %90 ނިމިފައިވާ ކަމަށާއި، އިންޖީނުގޭގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައި ހުރި ކަމަށެވެ.
އެހެންނަމެވެސް މި ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އެ މަޝްރޫއުތައް ހުއްޓާލާފައިވާ ކަމަށް ޝާހިދު ވަނީ ތުހުމަތުކޮށްފައެވެ.
“މިއަދުގެ ސަރުކާރުން ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްޤީގެ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓާލައްވާފައި. މި ރަށުގެ ހުރިހާ މަޝްރޫއުތަކެއް ވަނީ ހުއްޓާލައްވާފައި.” ޝާހިދު ވިދާޅުވިއެވެ.
މިސަރުކާރުގެ “މިސްރާބު ހަމަ މަގަށް އަޅުވަން ޖެހެނީ” މިފަދަ ކަންތައްތަކުގެ ސަބަބުން ކަމަށާއި ރައްޔިތުންގެ އިހުސާސްތަކާ މި ސަރުކާރުން ކުޅެމުންދާ ކަމަށް ބުނެ ޝާހިދު ވަނީ ސަރުކާރަށް ފާޑުވިިދާޅުވެފައެވެ.