ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރާ ކަދުރު ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
ކުރީ އަހަރެކޭ ވެސް އެއްގޮތަށް މި އަހަރުވެސް ސައުދީން ވަނީ 50 ޓަނުގެ ކަދުރު ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސައުދީން ހަދިޔާކުރި ކަދުރާ ހަވާލުވުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސޮއިކުރައްވާފަ އެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
1
+1
+1
1
+1
+1