އެ ކޯޕަރޭޝަނުން އިއްޔެ ބޭއްވި ބަސް ޓުއާގައި ކުރީ ސަރުކާރުގައި ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކޮށްފައިވާ ސަރަހައްދުތައް ވަނީ ދައްކާލާފައެވެ.ނިމިދިޔަ ސަރުކާރުން ބިންވެރިޔާ ސްކީމް ގެ ނަމުގައި މާލޭގައި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި ސްކީމްގައި ހުޅުމާލެއިން ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތީގެއިން ވަކިކޮށް ބިން ހަވާލުކޮށްފައެއް ނުވެއެވެ. އެގޮތުން އިން ވަކިކޮށް ހަވާލު ނުކޮށް ހުރި ހުޅުމާލޭގެ ބިންތަކަކީ މިހާރު ސިމެންތިއާއި ހިލަވެލި އަދި ކުނި ބުނި އަޅާފައިވާ ތަންތަނެވެ.ސްކީމްގެ ދަށުން ދޫކުރެވުނު ގޯތި ހުރި ސަރަހައްދުތައް ވަނީ ދައްކާލާފައެވެ. ބައެއް ގޯތިތައް ހުރި ސަރަހައްދުގައި ވެލިފުނިތައް ގިނަވެ މުޅި ސަރަހައްދު ފެނިގެންދަނީ ވޯކް ސައިޓެއްގެ ގޮތުގައެވެ. އެެހެންކަމުން އެ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް އަދި ބިން ހަވާލެއް ނުކުރެވެއެވެ.އެޗްޑީސީން މައުލޫމާތު ދިންގޮތުގައި އެ ސަރަހައްދުގައި ހުރި ވެލިފުނިތައް ނަގާ ތަން ސާފުކޮށް ވީހާވެސް އަވަހަށް ބިމުގެ ހައްޤުވެރިންނަށް އެ ބިން ދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ދަނީ ކުރަމުން ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1