ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަަމުން މިނިސްޓަރ ވިދާޅުވީ ފުޓްސަލް ކޮމްޕްލެކްސްއާއި ނެޓްބޯލް ކޮމްޕްލެކްސް މަޝްރޫޢު އިޢުލާންކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށާއި ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަކަށް މި ދެ މަޝްރޫޢު ކޮންޓްރެކްޓަރަކާއި ޙަވާލުކޮށް، ޢަމަލީ މަސައްކަތް ފެށުންކަމަށެވެ.މި ދަނޑުތައް ތަރައްޤީވެގެންދާނީ އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތްތައްވެސް ބޭއްވޭ ފެންވަރަށް ކަމަށާއި މިޒަމާނަށް ފެތޭނެހެން، އެތުލީޓުންނާއި ކުޅިބަލަންދާ މީހުންނަށްވެސް ބޭނުންވާ ތަފާތު ވަޞީލަތްތަކާއި ޚިދުމަތްތައް ލިބޭންހުންނާނެކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދަނޑުތަކަށް އެކްސެސްވެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ކޮންމެ ކޮމްޕްލެކްސްއެއްގައި 5 ދަނޑު ހިމެނޭއިރު, ނެޓްބޯޅަ ކޮމްޕްލެކްސް ޢިމާރާތްކުރެވޭނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައެވެ. އަދި ފުޓްސަލް ކޮމްޕްލެކްސް ޢިމާރާތްކުރެވޭނީ ފޭސް 2 ގައެވެ.މިނިސްޓަރ ވިދާޅުވީ މިދެމަޝްރޫޢަށް ބޭނުންވާ ބިން ހަމަޖެހި, ޕްލޭންތައް ހަދައި ނިންމައި ފިނޭންސް މިނިސްޓްރީއަށް މިހާރު ވަނީ ހުށަހަޅާފައެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1