ރ. އަލިފުއްޓާއި، އައްޑޫ ސިޓީގެ އިތުރުން ހުޅުމާލެ ފޭސް 2ގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތަކާއި ދެމެދު އެެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މީގެ ތެރެއިން އަލަފުށި މިސްކިތް ބިނާ ކުރަނީ އަބްދުއްރަޙުމާން މޫސާއެވެ. މި އެއްބަސްވުމުގެ ދަށުން އޭނާގެ އަމިއްލަ ހަރަދުގައި 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ވަނީ އެއްބަސްވެފައެވެ.
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 (ހަތްސަތޭކަ ތިރީސް ދެ ) ދުވަހެވެ.
އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރަނީ މުހައްމަދު ސާލިޙް ނަމަަކަށް ކިޔާ މީހެކެވެ. އޭނާއެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ހުޅޫދޫ މޫންލައިޓް ކިޔާ ގޯތީގެ ހުރި ބިމުގައި، 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރާނީީ އޭނާގެ ހަރަދުގައެވެ.
ހުޅުދޫގައި އަމިއްލަ ހަރަދުގައި މިސްކިތެެއް ބިނާ ކުރުމަށް ހަވާލު ކުރުން
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 (ހަތްސަތޭކަ ވިހި) ދުވަހެވެ
ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި މިސްކިތެއް ބިނާ ކުރަނީ މުޙައްމަދު ޔޫސުފް ނަމަކަށް ކިޔާ މީހެކެވެ. އޭނާައެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި، މިސްކިތެއް ބިނާކުރާނީ އޭނާގެ އަމިއްލަ ހަރަދުގައެވެ.