އެމްއެމްޕީއާރްސީން މައުލޫމާތުދެއްވާގޮތުގައި 1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސް މިއީ ދުނިޔޭގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ރޮނގުގައި އެންމެ އިހުތިރާމް ލިބިގެންވާ މަޤުބޫލު އެއް އެވޯޑް ގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.
އަދި ފަތުރުވެރިކަމުގެ ދާއިރާގައި، އަދި ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ފާހަގަކޮށްލެވޭ އެންޑޯސްމަންޓް ރަމްޒުކޮށްދޭ މި އެވޯޑްތަކުގެ މަގުސަދަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ދާއިރާއަކުން ހޯދާ ކާމިޔާބީތައް ފާހަގަކޮށް، އެވޯޑް ދިނުން ކަމަށްވެސް އެމްއެމްޕީއާރްސީން ވިދާޅުވިއެވެ.
ޑަބްލިއުޓީއޭ އިންޑިއަން އޯޝަން ކެޓަގަރީ 2024ގައި ރާއްޖެ ނޮމިނޭޓްވެފައިވާ ކެޓެގަރީތަކަކީ؛
- އިންޑިއަން އޯޝަންސް ލީޑިންގ ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިންގ ބީޗް ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިންގ ޑައިވް ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިންގް ޓުއަރިސްޓް ބޯޑް 2024
- އިންޑިއަން އޯޝަންސް ލީޑިންގް އެޑްވެންޗާ ޓުއަރިޒަމް ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިންގް ކުރޫޒް ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިންގް ގްރީން ޑެސްޓިނޭޝަން 2024
- އިންޑިއަން އޯޝަންސް ލީޑިންގް ވެޑިންގް ޑެސްޓިނޭޝަން 2024
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަންސް ކެޓަގަރީގައި ރާއްޖެއަށް ވޯޓު ދިނުމަށް އެ ކެޓެގަރީއެއްގައިވާ ލިންކްތައް ބޭނުން ކުރެވޭނެއެވެ.