ނައިބު ރައީސް އެހެން ވިދާޅުވީ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އެ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވިދާޅުވަމުން މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.
“ޤައުމިއްޔަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ މިފަދަ ފަންނުތައް ކުރިއެރުވުމަށް ފަރުދުންގެ އެއްބާރުލުން ވަރަށް މުހިންމު.” ނައިބު ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުން އުފެއްި ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ދަނީ ޒަމާނަށް ފެތޭ ގޮތަށް ފަންނާއި އަދަބިއްޔާތު ކުރިއެރުވުމަށް މަސައްކަތް ކުރަމުނުނެވެ. އެގޮތުން ވަރަށް ފަހުން ވުޒާރާގެ ވެބްސައިޓު އާކުރުމަށް ފަހު އަލުން ލޯންޗުކޮށްފައެވެ. މި ވެބުސައިޓުގައި ރާއްޖޭގެ މާއްދީތަރިކައާއި މާނާވީ ތަރިކައާ ބެހޭ މައުލޫމާތު ހިމެނިގެންދާނެއެވެ. އެގޮތުން މައުލޫމާތުތަކުގެ އޯޑިއޯ އާއި ވީޑިއޯވެސް މި ވެބްސައިޓުގައި ހިމެނޭނެއެވެ.
މީގެ އިތުރަށް އިލްމީ ބައެއް ވެބްސައިޓްތަކަށް ވަދެވޭނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ވެބްސައިޓުގެ ވަރަށް ހާއްސަ އެއް ކަމަކީ ރާއްޖޭގެ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނޭ އުތީމު ގަނޑުވަރު އަދި ހުކުރު މިސްކިތު މުންނާރު ފަދަ ތަންތަން ތްރީޑީކޮށް ބަލައިލުމެވެ.