ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްފުޅާއި ޕްލޭންތަކުގެ ސަބަބުން ރާއްޖެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އޮތް ދަތިހާލުން މިހާރު އަރައިގަނެވިފައިވާ ކަމަށެވެ.
“ރޯދަ މަހުގެ އުމްރާ ދަތުރުތައް ގިނަވެ އިމްޕޯޓް ގިނަވި ނަމަވެސް ޑޮލަރު ރޭޓް މިހާރު ދަށަށް ދާން ފަށައިފި.” ސައީދު ވިދާޅުވެފައިވެއެވެ.
ސައީދު ވިދާޅުވީ އިތުރު ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ އަގު އިތުރަށް ދަށްވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ޑޮލަރުގެ އަގު ދަށް ކުރުމަށް މި ސަރުކާރުން ވަނީ ދިވެހި ފައިސާ ޗާފްކުރުން ހުއްޓާލާފައެވެ. އެއާއިއެކު ދިވެހި ރުފިޔާގެ އަގު މަތިވެ ޑޮލަރުގެ އަގުވަނީ ދަށްވާން ފަށައިފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ދިވެހި ކުންފުނިތަކަށް ދޭން ޖެހޭ ފައިސާއާއި ބޭރުގެ އެކިއެކި ބޮޑެތި ލޯންތައް ދައްކަމުން ދަނީ ފައިސާ ޗާޕް ނުކޮށެވެ. ފައިސާ ޗާޕު ކުރުން ހުއްޓާނުލި ނަމަ ޑޮލަރުގެ އަގު 20އަށް އަރައިގެންގޮސް، އިގްތިސާދު ހަލާކުވެ، ގައުމު ބަނގުރޫޓުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.