އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިސްލާމިކް މިނިސްޓަރ ވިދާޅުވީ، ދެ މިސްކިތެއްގެ އަންހެނުން ނަމާދު ކުރާ ބައިތަކަށް ގެއްލުން ދިނުން ކުށްވެރިކުރައްވާ ކަމަށާއި، މިނިސްޓްރީގެ ފަރާތުން، މިކަން ބަލައި ފިޔަވަޅުއަޅާނެ ކަމަށެވެ.
“މިސްކިތްތަކަކީ ﷲ ގެ ގެކޮޅުތަށް، އެތަންތަނަށް ދޭންޖެހޭ ޤަދަރާއި އިޙުތިރާމް ދަމަހައްޓަންޖެހޭނެ.” ޑރ. ޝަހީމް ވިދާޅުވިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު، މާލޭ ސިޓީ ކައުންސިލުން ވަނީ ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްލާފައިވާ ކަމަށް ވިދާޅުވެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1