އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ ވުޒާރާތަކުގެ މުވައްޒަފުންނާއި، އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީއާއި، ވޯޓުލުން ބާއްވާ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.
އަދި މަޖިލިސް އިންތިޚާބުގެ ވޯޓުލުމަށްފަހުގައި، ވޯޓު ގުނުމާއި ވަގުތީ ނަތީޖާ އިޢުލާނުކުރުމާއި، އަދިވެސް އިންތިޚާބާއި ގުޅުންހުރި މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެތީވެ އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕްރީލް މަހުގެ 22 ވެސް ބަންދުދުވަހެއް ކަމުގައި ހަމަޖައްސަވައިދެއްވުމަށް ރައީސްގެ އަރިހުން އެދިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ދިމާވާތީ ސްކޫލްކުދިންގެ އިމްތިހާނު ބާއްވާ ތާރީޚުތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ. މިގޮތުން އެޕްރީލްމަހު ބޭއްވުމަށް ހަމަޖެހިފައި އޮތް އިމްތިހާން މާރިޗް މަހުގެ ފަހުކޮޅު ބާއްވާގޮތަށް ވަނީ ނިންމާފައެވެ.