އެމްޑީޕީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ މިފަދަ ހަރަދުތަކުގެ ދެ ފުށް ފެންނަން ޖެހޭނެ ކަމަށެވެ. އަދި މި މުއާމަލާތުގައި ސިއްސައިގެންދާވަރުގެ ބޮޑެތި ކޮރަޕްޝަންތައް ހިނގާފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި މިކަން ބަލައިދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މި ޑްރޯން ތަކަކީ ހިލޭ ލިބުނު އެއްޗެއް ކަމަށް އެމްއެންޑީއެފްގެ އެއާކޯ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި އެހެން ނަމަވެސް މި ޑްރޯންތަކަށް 39 މިލިއަން ރުފިޔާ ހަރަދުކުރިގޮތެއް އެއްވެސް ވަރަކަށް ސާފުނުވާ ކަމަށް އީސާ ވިދާޅުވިއެވެ.
“ދެ ޑްރޯން ގަތް ކަމަށް ސަރުކާރުން ބުނީ. އެއް ޑްރޯން ހިލޭ ލިބުނީ. ހަތަރު ޑްރޯނެއް ގެންނަ ވާހަކަ ބުނީ. އެހެން ވެއްޖެއްޔާ އެ ވިދާޅުވީ 39 މިލިއަން ރުފިޔާ މިކަމަށް ހަރަދުކުރީ ކޮން ގޮތަކަށް. މިއީ ރައްޔިތުންނަށް ސާފުވާންޖެހޭ ކަމެއް. އެހެން ނޫނީ ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާނެ. މިހާރުވެސް މި މުއާމަލާތުގައި ސިއްސައިގެންދާވަރުގެ ކޮރަޕްޝަން ހިންގާފައިވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން.” އީސަ ވިދާޅުވިއެވެ.
ހެއްކެއް ނުދެއްކި މެމްބަރު އީސާވަނީ އެތައްފަހަރަކު ކޮރަޕްޝަން ހުރި ކަމަށްބުނެ ތުހުމަތުކޮށްފައެވެ. ގިނަބަޔަކު ދެކެނީ މިއީ ނަފްރަތު އުފައްދާ، އިންޑިއާ