ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަކަށްް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ ލެބޯޓްރީ ހިދުމަތް ފަށަން ބޭނުންވާ ތަކެތި ރަށްރަށަށް ނުފޮނުވައި ހުރީ ހުރިހާ ތަކެތި ގެނެސް ނުނިމޭތީ ކަމަަށެވެ. އޭނާ ވިދާޅުވީ ކުއްލި ހާލަތުގައި ހަދަން ޖެހޭ ޓެސްްޓްތައް ހެދޭ ވަރަށް ބައެއް ރަށްރަށުގައި ލެބޯޓްރީ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.
“އަޅުގަނޑުމެން މިގެންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި، މިހާރު ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި، އެހިދުމަތް އެމަޖެންސީ ހާލަތުހައި ބޭނުންކުރެވޭ މިންވަރަށް ފެށުމުގެ މަސައްކަތް ތައްޔާރީތައް ވަމުން، އޭގެ ތެރެެއިން ބައެެއް ތަކެތި ވަނީ ޕްރެކުއާ ކުރެވިފައި، އެހެން ނަމަވެސް ފުލްކޮށް ޕްރޮކުއާ ނުކުރެވޭތީ އަޅުގަނޑުމެންނަށް ފޮނުވައިނުލެވި ވާ ވާހަކަ ދަންނަވަން،” ހަލީލު ވިދާޅުވި އެވެ.