ރައީސް އެފަދައިން ވިދާޅުވީ، އާންމުން ރައީސަށް ކުރައްވާ ސުވާލާއި ޖަވާބު ގެނެސްދޭ “ރައީސްގެ ޖަވާބު” ސިލްސިލާގައި، ހިޔާ ޓަވަރުތަކުގައި މިހާރު ހުންނަ ލިފްޓުތަކުން ބަލި މީހުން އަރުވައި، ބޭލުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން އެކަމާ މީހަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، މިހާރު އަލަށް ހިޔާ ޓަވަރުތަކުގައި ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ލިފްޓުތަކުގައި ސްޓްރެޗާ އެރުވޭ ލިފްޓުވެސް ހިމެނޭނެ ކަމަށެވެ.
“މިހާރު ހަރުކުރަމުންދާ ލިފްޓުތައް ހަރުކުރާއިރު ސްޓްރެޗާ އެރުވޭ ލިފްޓުވެސް އޭގައި ހިމެމޭނެ. އެހެންވީމަ މި ހިޔާ ފްލެޓުތަކުގައި ހަރުކުރެވޭ ލިފްޓުތަކުގެ މަޝްރޫއު ނިމޭއިރު އިރާދަކުރެއްވިއްޔާ ތި ފާހަގަކުރެއްވި ކަންތަކަށް ހައްލެއް ލިބިގެންދާނެ،” ރައީސް ވިދާޅުވި އެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1