ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމަށްޓަހައި ފުރަތަމަ ޑްރޯން އުދުއްސާލި ޑްރޯންގެ ލައިވް މަންޒަރުތައް ވެސް މިރޭގެ ރަސްމިއްޔާތުގައި ދައްކައިލި އެވެ.ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައިވަނީ އެ ގައުމުން އުފައްދާފައިވާ “ބައިރަކްތާރު ޓީބީ2” ގެ ތިން ޑްރޯން އެވެ.އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހިންގާ ތަމްރީނުތަކުގެ ފުރަތަމަ ބެޗު މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ. ދެ ވަނަ ބެޗު ވެސް ތަމްރީނުތައް ނިންމާފައި ވަރަށް އަވަހަށް އަންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.އެމްއެންޑީއެފުން ބުނިގޮތުގައި މީގެ ފަހުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޕަރޭޝަންތައް ހިންގާނީ ދިވެހި އަސްކަރިއްޔާ އިން ކޯސްޓް ގާޑާ ގުޅިގެންނެވެ.ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހި އަސްކަރިއްޔާ އިން ޑްރޯން ޓެކްނޮލޮޖީ ބޭނުންކުރުމަށްޓަކައި ގިނަ އާލާތްތައް ތުރުކީ އިން ރާއްޖެ އަށް ހަދިޔާކުރީ ކަމަށެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1