މީގެ ކުރިން ވެސް އެކި ނަންނަމުގައި ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ޔުނިޓުތައް ހިންގި އެވެ. އެކަމަކު، މީގެ ކުރިން ވަރަށް ބޮޑަށް ބަރޯސާ ވެފައި އޮންނަނީ ބޭރުގެ ގައުމުތަކަށް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް އަބްދުއްލަތީފު މުހައްމަދު މިރޭ ވިދާޅުވި އެވެ.މިރޭގެ ރަސްމިއްޔާތުގައި ވަނީ އެއާ ކޮޕްސްގެ ލޯގޯ ވެސް އާންމުކޮށްފަ އެވެ.”އެމްއެންޑީއެފް އެއާ ކޮޕްސް” ގެ ނަމުގައި ވައިގެ ސިފައިންގެ ހިދުމަތް އެމްއެންޑީއެފަށް ތައާރަފު ކޮށްދެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން އޮޕަރޭޓް ކުރަން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ކުރިއަށް ގެންދާ ހާއްސަ ހަފުލާގައި ރައީސް މުއިއްޒު ސޮއިކުރެއްވި ގަރާރަކުންނެވެ.އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް އެއާ ކޯގެ ހިދުމަތް އިފުތިތާހު ކުރުމާ އެކު، އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް ތައާރަފުކުރީ އަސްކަރީ ޑްރޯން ނުވަތަ “އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ކަމަށެވެ.ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީ އިން ރާއްޖެ ގެނައީ އަސްކަރީ ތިން ޑްރޯން އެވެ. އެކަމަކު، ކުރިމަގުގައި އިތުރު ޑްރޯން ގެންނަން ވަނީ ނިންމައިފަ އެވެ.އެމްއެންޑީއެފުން ބުނީ، އަސްކަރީ ތިން ޑްރޯން މިރޭ އިފުތިތާހު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި “އަންމޭންޑް” އަދި “މޭންޑް” ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް ތައާރަފުކުރުން ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1