މެޓް އިން ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ހިސާބެއްގެ ފިނި ހޫނުމިން ހުރިވަރު އާންމުކޮށްފައެވެ. އެގޮތުން ފިނި ހޫނުމިން އެންމެ މަތީގައި އުޅެނީ މާލެ ސަރަހައްދުގައެވެ. އެއީ 32.4 ޑިގްރީއެވެ.ހަމިނާދޫގެ ފިނި ހޫނުމިން 31.9 ޑިގްރީގައި އުޅޭއިރު ކައްދޫގައި ފިނި ހޫނުމިން އުޅެނީ 31.1 ޑިގްރީގައެވެ. އަދި ކާޑެއްދޫގައި 31.0 ޑިގްރީ، އައްޑޫ ސިޓީ ގަމުގައި 31.6 ޑިގްރީގައި ފިނި ހޫނުމިން އުޅޭ ކަމަށް މެޓްއިން ބުނެއެވެ.މެޓްއިން ބުނެފައިވާ ގޮތުގައި މާޗް-އޭޕްރީލްއަކީ އަހަރުގައި ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރެވެ. އެއީ ވިލާ މަދުވުމާއި، ވައި މަޑުވުނުން އަދި ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ކަމަށެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1