ވަޒީފާއިން ވަކިވުމާއެކު ޕެންޝަން ފައިސާ ލިބޭނެ ގޮތަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދެއްވާނަން – ރައީސްރައީސް މިހެން ވިދާޅުވީ ރައީސްއާ ސުވާލު ކުރެއްވުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގުރާމުގައި، ހުޅުމާލެ ފްލެޓް H-16-16-05، ފާތިމަތު ހަސަން މަނިކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.ފާތިމަތު ކުރެއްވި ސުވާލަކީ ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯއެވެ. އަދި ވަޒިފާއިން ވަކި ވުމަށްފަހު އުޅެންޖެހޭނީ ވަރަށް ދަތިހާލުގައި ކަމަށްވެސް ވިދާޅުވިއެވެ.މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ޕެންޝަނަކީ ވަކި ގާނޫނެއްގެ ދަށުން ނަގަމުންދާ އެއްޗެއް ކަމަށާއި އެއަށް ބަދަލު ގެނެވޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށެވެ.”އަޅުގަނޑު ބޭނުން ޕެންޝަން ފަންޑު ވަރުގަދަ ކުރަންވެސް. އޭގެއިން ރަނގަޅުގޮތުގަ ފައިދާވާގޮތްވެސް ހަދަން. އެއަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން.”، އެމަނިކުފާނު ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1