އެއާ އެންބިއުލޭންސްގެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ހެލްތް މިނިސްޓްރީއާއި، އާސަންދާއާއި އެންސް ސްޕާއާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި އެކުގައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.ސީ ޕްލޭން އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރަނީ ޑީއެޗްސީ-6 ގެ ޓްއިން އޮޓޯ އެއާ ކްރާފްޓެކެވެ. އެ ޕްލެއިންގައި ރާއްޖޭގެ ރަށްތައް ސީދާ ދަތުރުކުރެވޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި އެ ޕްލޭންގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތައް ވެސް ހުންނާނެ ކަމަށެވެ.މިއަދު ފެށި ސީ ޕްލޭން އެއާ އެންބިއުލޭންސް ހިމެނޭހެއް ދެ އެއާ އެމްބިއުލޭންސަކުން ހިދުމަތް ދެމުންދާނެއެވެ. އެއާ އެންބިއުލޭންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއަރ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1